ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮންގެން އެކްލަބްގެ
"14 ވަނަ ޑައިމަންޑްކަޕް" ކެންދޫގައި ބާއްވި 14 ވަނަ ޑައިމަންޑް ކަޕްގެ
ޗެމްޕިއަންކަން ވިނާސް ބޯއީސް އިން ހޯދައިފިއެވެ.
މިމުބާރާތަކީ 2000 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ކުރިއަށް
ގެންދަމުންދާ މުބާރާތެކެވެ. 14 އަހަރުން މައްޗަށް ހުޅުވާލެވިފައިވާ މިމުބާރާތުގައި
މި އަހަރުގެ 5 ޓީމެއް ބައިވެރިވިއެވެ. އެއީ ވީ އާ ވަން، އަސްކަރީ، ވީ.ޖީ.ސީ،
އެފްސީ ޖުވެނައިލް، ވިނާސް ބޯއީސް އެވެ.
މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރީ ވިނާސް ބޯއީސް އާއި ވީ.ޖީ.ސީ
އެވެ. ފުރިހަމަ ވަގުތު ކުޅެގެން ދެޓީމް އެއްވަރު ވުމުގެ ސަބަބުން ނަތީޖާ
ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

