Pages

Tuesday, December 11, 2012

Diamond Keyolhumamu Mubaarai 2012


Teams leaving
ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮންގެން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑައިމަންޑް ކެޔޮޅުކަމު މުބާރާތް 2012ގެ ނަމުގައި މަސްބޭނުމުގެ މުބާރާތެއް 2012 ޑިސެމްބަރ 10 ވީ ހޯމަ ދުވަހު ބ.ކެންދޫގައި ބާއްވައިފިއެވެ.
މިމުބާރާތަކީ އެއްދުވަހުގެ މުބާރާތެކެވެ.

 12 ޓީމް ބައިވެރިވި މި މުބާރާތުގައި 9 ޓީމް ވަނީ މަހަށް ފުރާފައެވެ. މަސްވެރިންގެ މެދުގައި ވަރަށްފޯރި ނެގި މިމުބާރާތް ކުރިއަށް ދިޔައީ 16:00 ކުން 22:00 އަށެވެ. ފާހަގަކޮށްލެވޭ ޚާއްސަ ކަމަކީ އަންހެން ބޭކަނބަލުންވެސް މުބާރާތުގެ ބައިވެރިވިއެވެ.


އެންމެ ބޮޑު މަސް ބޭނި މަސްވެރިއާ އަށް ހޮވިފައިވަނީ ބ.ކެންދޫ ދާހަދާ އަބްދުލް ރަޝީދުއެވެ. އޭނާ ބޭނި މަހުގައި 12 ކިލޯ ހުއްޓެވެ. އެންމެގިނަ މަސްބާނައިގެން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އޮޑިދާން ޓީމެވެ. މިޓީމުން ބޭނި މަހުގެ ބަރުދަނުގައި 125 ކިލޯ ހުއްޓެވެ.

ޗެމްޕިއަންޓީމަށް 2،000ރ އަދި އެންމެ ބޮޑުމަސްބޭނި މަސްވެރިޔާއަށް 500ރ ގެ އިނާމް ކަނޑައަޅާފައިވާ މި މުބާރާތުގެ ޝަރަފްވެރި މެހްމާން އަކީ ކެންދޫގައި ކެޔޮޅުގެ ނަމުން ނަންދެވިފައިވާ މަސްވެރިއެއް ކަމުގައިވާ އަހްމަދު އަބްދުއްރަޙްމާނެވެ.މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބަލައިލުމަށް ކެންދޫގެ ކުދިބޮޑު ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން އެއްވިއެވެ.

މިއީ  ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިއަހަރު ބޭއްވި 3 ވަނަ މުބާރާތެވެ. ކުރިއަށް 14ވަނަ ޑައިމަންޑް ކަޕް ފުޓްބޯޅަ މުބާރާތް އެބައޮތެވެ. ފެށުމަށް ހަމަޖެހިފައިވަނީ 2012 ޑިސެމްބަރ 14 ވާ ހުކުރު ދުވަހުއެވެ.

ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ކުރިވަރާއި މުނިފޫހިފިލުމުގެ ޙަރަކާތްތައް ދިރުވާ އާލާ ކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ ކްލަބެކެވެ. މިކްލަބުން ދަނީ އެތަކެއް މުބާރާތް ތަކެއް ކެންދޫގައި ބާއްވަމުން ނެވެ.

No comments:

Post a Comment