ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮންގެން އެކްލަބްގެ
"14 ވަނަ ޑައިމަންޑްކަޕް" ކެންދޫގައި ބާއްވި 14 ވަނަ ޑައިމަންޑް ކަޕްގެ
ޗެމްޕިއަންކަން ވިނާސް ބޯއީސް އިން ހޯދައިފިއެވެ.
މިމުބާރާތަކީ 2000 ވަނަ އަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ކުރިއަށް
ގެންދަމުންދާ މުބާރާތެކެވެ. 14 އަހަރުން މައްޗަށް ހުޅުވާލެވިފައިވާ މިމުބާރާތުގައި
މި އަހަރުގެ 5 ޓީމެއް ބައިވެރިވިއެވެ. އެއީ ވީ އާ ވަން، އަސްކަރީ، ވީ.ޖީ.ސީ،
އެފްސީ ޖުވެނައިލް، ވިނާސް ބޯއީސް އެވެ.
މުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރީ ވިނާސް ބޯއީސް އާއި ވީ.ޖީ.ސީ
އެވެ. ފުރިހަމަ ވަގުތު ކުޅެގެން ދެޓީމް އެއްވަރު ވުމުގެ ސަބަބުން ނަތީޖާ
ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޗެމްޕިއަންޓީމަށް 2،000ރ ކަނޑައަޅާފައިވާ މިމުބާރާތުގެ އެންމެ މޮޅު
ތިންކުޅުން ތެރިންނަށް ހޮވިފައިވަނީ ރަބީޢް އަހްމަދުއާއި ޝިޔާމް އަދި ހަމްޒަތު
މުޙައްމަދުއެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އަސްކަރީގެ އަލީ
ހައްމާދެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާ މަގާމް
ހޯދާފައިވަނީ ވީ.ޖީ.ސީގެ ދެ ކުޅުން ތެރިންކަމުގައިވާ އަބްދުލް މުޢުމިން އަބްދުލް
ވަހާބް އާއި އަހްމަދު އަބްދުއްރަހްމާން (ރޮމާ) އެވެ.
ފެއަރ ޕްލޭ ޓީމަށް ހޮވިފައިވަނީ އަސްކަރީއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބަލައިލުމަށް ކެންދޫގެ ކުދިބޮޑު ވަރަށް
ގިނަ ޢަދަދެއްގެ ރައްޔިތުން އެއްވިއެވެ.

No comments:
Post a Comment